ތުހުމަތުތަކަށް ޖަވާބުދާރީވާން ބޭނުން: އާތިފް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލާގައި ކުރަމުންދާ ތުހުމަތުތަކަށް ޖަވާބުދާރީވާން ބޭނުންވާކަމަށް އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝުކޫރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރަރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒަށް އާތިފް ފޮނުވި ސިޓީއެއްގައި ވިދާޅުވީ އެފްއައިޔޫގެ ހެޑް ގޮތުގައި ވަޒީފާ އަދާކުރި ޖުމްލަ 7 މަސްދުވަހު (ނޮވެމްބަރު 2014 އިން ޖޫން 2015) މަސްއޫލިއްޔަތު އަދާކުރި ގޮތާއި ބެހޭގޮތުން ބީއެމްއެލް އަދި އޭސީސީން ކުރަމުންދާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ބީއެމްއެލްގެ އިސްވެރިން ވިދާޅުވީ ބޮޑު ހިޔާނާތުގައި ބީއެމްއެލްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި އެސްއޯއެފްގެ އެކައުންޓް ހޯލްޑްނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް އެންގީ އެފްއައިޔޫއާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ކަމަށްވެސް ބީއެމްއެލްގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!