މަސްތުވާ ތަކެއްޗާއެކު ހެންވޭރުގައި ހުރި ގެއަކުން 2 މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހެންވޭރުގައި ހުންނަ ގެއަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

އެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 38 އަހަރުގެ ފިރިހެނަކާއި، 48 އަހަރުގެ ފިރިހެނަކާއި، 18 އަހަރުން ދަށުގެ ކުއްޖެކެވެ. އެ 3 މީހުންނަކީވެސް ދިވެހީންނެވެ.

އެ މީހުން ތިބި ގެ ފުލުހުން ބަލާ ފާސްކުރުމުގެ ތެރޭގައި އެއް ކިލޯއާއި 146 ގްރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުލުހުންނަށް ވަނީ ފެނިފަ އެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!