ވައި ގަދަ ވުމުގެ ސަބަބުން ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުން ދަގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

މާލޭގެ ހެންވޭރުގައި މަގު ބަންދުކޮށްގެން އިމާރާތްކުރަމުންދިޔަ ސައިޓެއްގައި ޖަހާފައިހުރި ދަގަނޑެއް ވަޔާ ވެއްޓި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެއެވެ.

ފުލުހުން ބުނީ އެ ދަގަނޑުން ޖެހި ބޯ ފަޅައިގެން ގޮސްފައިވަނީ އެވަގުތު އެ މަގުގެ ނުބައި ލޭނުން ދަތުރުކުރި ސައިކަލެއްގެ ފަހަތުގައި އިން މީހާގެ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 00:10 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހާގެ ބޯ ފަޅައިގެން ދިޔުމުން އޭނާ އަޖީއެމްއެޗްއަށް ގެންގޮސް ވަނީ ފަރުވާ ދީފައިވެ އެވެ.

އެ ހާދިސާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!