ބިދޭސީއަކު މަރާލި މައްސަލާގައި 2 ބިދޭސީއަކަށް 20 އަހަރުގެ ޖަލު ހުކުމެއް

ފުވައްމުލަކުގައި 2011 ވަނަ އަހަރު ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ބަންގްލަދޭޝްގެ ތިން މީހަކަށް ބޮޑު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވައިފި އެވެ.

މި މައްސަލާގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެފައި ވަނީ ޝަރީފާއި އެމްޑީ ސަލާމް ކިޔާ ދެ މީހެއްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް އިއްވާފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ތިންވަނަ މީހާ ކަމަށްވާ އަލާލުއަށް އިއްވާފައިވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާގެ ހުކުމް އެއް ދަރަޖަ ލުއި ކުރީ އޭނާގެ މައްޗަށް ސާބިތުވީ ކުށުގައި ބައިވެރިވުމުގެ ކުށް ކަމަށްވާތީ އެވެ. 

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަރީފުލް މަރާލާފައި ވަނީ ޖޫން 28، 2011 ވަނަ ދުވަހުގެ ރޭ 10:25 އެހައިކަންހާއިރުއެވެ. ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމްގައިވާގޮތުން ޝަރީފުލް މަރާލާފައި ވަނީ އެމީހުންގެ ތެރެއިން އަލާލް ފުވައްމުލަކުގައި ދިރިއުޅުނު ކޮޓަރިއަށް ގެންގޮސްގެނެވެ. އެ ކޮޓަރިއަށް ޝަރީފުލް ގެންގޮސް އެމްޑީ ސަލާމް އާއި ޝަރީފް އާ ދެ މީހުން ވެގެން، އޭނާގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލައި، މޭމަތީ ކަކުލުން ޖަހައި، ކަރުގައި ޔޫއެސްބީ ވާގަނޑެއް އައްސައި ނޭވާ ހާސްކޮށް، ތަޅުންމަތީގައި ބޯތަޅައި، ބޮލުގައި ހިފައި ބޯ އަނބުރައިގެން ކަރު ބިންދާލައިގެން އޭނާ މަރާލާފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.

މި ހުކުމް އިއްޔެ ކުރިމިނަލް ކޯޓުން އިއްވާފައިވަނީ ގާޒީ އަލީ ރަޝީދު ހުސެއިންނެވެ. މި މައްސަލައަކީ އެ ކޯޓުގައި އޮންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!