މަސްތުވާތަކެއްޗާއެެކު ހުޅުމީދޫން އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީ ހުޅުމީދޫން އަންހެނަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފޭދޫން ފުރައިގެންދާ ފެރީއަކުން ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 15 ވަނަ ދުވަހުގެ 15:23 އެހާކަށްހާއިރު ހުޅުމީދޫ ބަނދަރުމަތިން ކަމަށް ފުލުހުން ހާމަކުރެއެވެ.

އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އަތުގައިއޮތް އަތް ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އެ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

  1. ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ!
    މިއީ ވަކިދެ އެޑްމިސްޓްރޭޝަނެއް އޮންނަ ދެރަށް

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!