ފުލުހުންގެ ހެޑްކުއާޓާސް ކުރިމަތިން ވަގަށް ނެގި ސައިކަލެއް ހޯދަނީ

ފުލުހުންގެ ހެޑްކުއާޓާސް ހުންނަ ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތިން ވަގަށް ނެގި ސައިކަލެއް ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ފުލުހުން ކުރި ޓްވީޓުގައި ބުނީ، ރޭ 10:30 ހާއިރު ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތިން ގެއްލިފައި ވަނީ ސައިކަލުގެ ރަޖިސްޓްރީ ނަމްބަރ AAOA P1110، ރަތް ކުލައިގެ ހޮންޑާ ވޭވް 125 އެސް އެއް ކަމަށެވެ. 

ގެއްލިފައިވާ ސައިކަލުގެ ފެނިއްޖެނަމަ ފުލުހުންނަށް އެންގުމަށް ވެސް އެދިފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!