ފެހެންދޫއިން ދަރިވަރުން ގެންދިއުމަށްޓަކާ އުޅަނދެއް ފަރުމާކޮށްދޭނޭ ފަރާތެއް ހޯދަނީ

ބ. ފެހެންދޫ އން ބ.ގޮއިދޫ އަށް ދަރިވަރުން ގެންދިއުމަށްޓަކާ އުޅަނދެއް ފަރުމާކޮށްދޭނޭ ފަރާތެއް ހޯދުމަށްނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އިއުލާންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ނަންނޯޓު ކުރުން އޮންނާނީ 18 ޖުލައި 2019 އިން 22 ޖުލައި 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށެވެ. ބިޑް ހުޅުވުން އޮންނާނީ 29 ޖުލައި ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!