ލޯކަލް ޗެނަލްތައް ހިލޭ ބެލޭނެ ގޮތް ހަދައިދެނީ

ލޯކަލް އަށް ޓީވީ ޗެނަލެއްގެ ޚިދުމަތް މިހާރަށްވުރެ ސާފު ކޮލިޓީގައި ހިލޭ ބެލޭނެ ޚިދުމަތް ދިނުމުގެ ބޮޑު މަޝްރޫއެއް ޕީއެސްއެމްއިން ފަށައިފިއެވެ.

ޕީއެސްއެމުން ބަޔާނެއް މެދުވެރިކޮށް ބުނީ މި މަޝްރޫގައި 2021 ވަނަ އަހަރުގެ ކުރީކޮޅު ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަންގެ ޚިދުމަތް ރާއްޖޭގެ އާބާދީގެ 90 ޕަސެންޓަށްވުރެ ބޮޑު ބަޔަކަށް ލިބޭނެ ކަމަށާއި މިއީ ޖަޕާނުގެ ސަރުކާރުގެ އެހީއާއެކު ކުރިއަށް ގެންދާ މިޝްރޫއެއް ކަމަށެވެ. 

މި މަޝްރޫއުގެ މަސައްކަތް ރާއްޖޭގެ 19 ސަރަހައްދެއްގައި ކުރިއަށްދާނީ ވެސް ޖަޕާނުގެ ކޮންސަލްޓަންސީ ކުންފުންޏެއްގެ ބެލުމުގެ ދަށުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!