ފޮޓޯ: އަވަސް

ބޮޑު ހިޔާނާތާ ގުޅިގެން ބީއެމްއެލްއިން ކޮއްފައިވާ ތުހުމަތުތައް ނީޒާ ދޮގު ކުރައްވައިފި

އެމްއެެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ބޭންކް އޮފް މޯލްޑިވްސް އިން ކުރި ތުހުމަތުތައް ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ދޮގު ކުރައްވައިފި އެވެ.


ކޮމެޓީގައި ބީއެމްލް އިން ބުނީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާވަމުން ދިޔައިރު އެ މުއާމަލާތް ނުހިފެހެއްޓުނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިން ދެއްވި ލަފާގެ މަތިން ކަމަށެވެ. 

ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވައި ނީޒާގެ ފާރާތުން ނެރުނު ކުރުކުރު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަމަކާ ގުޅިގެން ވަކި ކަމެއް ކުރަން އޭނާގެ ފަރާތްޕުޅުން އެ ބޭންކަށް އެއްވެސް ލަފައެއް ދެއްވާފައި ނުވާނެ ކަށާއި އެމްއެމްޕީއާރްސީ އަދި އެސްއޯއެފާ ގުޅޭ ގޮތުން އޭސީސީން ކުރިޔަށް ގެންދިޔަ ތަހުގީގަށް ވެސް މައުލޫމާތު ދެއްވާފައިވާނެ ކަމަށެވެ.


އަދި އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި މުއައްސަސާތަކަށް މައުލޫމާތު ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!