ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރަނީ

މިރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ.

އެގޮތުން ކޭތަ ނަމާދުގެ ހުތުނާ މިހާރު މިނިސްޓްރީން ފެންނަން ހުންނާނެ ކަމަށާއި އެ ނަމާދު ކުރުން އޮންނާނީ މެންދަމުން އަލިވެ 03:30 ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. 

މިރޭގެ ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ މިރޭ 23:43 ގައެވެ. މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު މުސްލިމް ވިދާޅުވީ ހަނދުކޭތަ 23:43 ގައި ހިފިކަމުގައި ވީނަމަވެސް ބަލާބެލުމަށް ފުސް ހަނދުކޭތައެއް ފެންނާނެ ކަމަށެވެ. އަދި ދަންވަރު 01:00 ގައި ހަމަލޮލަށް ސާފުކޮށް ފެންނަ ވަރަށް ކޭތަ ހިފާނެ އެވެ. މުޅީން ފުރިހަމަ ކޮށް މިރޭގެ ކޭތަ ހިފާނީ މެންދަމު 02:30 ގައެވެ. ކޭތަ ހިފައި ނިމޭނީ ފަތިހު 05:17 ގައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!