ސްޓޭޓް މިނިސްޓަރު ހަލީލު ގުދުސް މައްސަލަ އާއި މެދު މަޝްވަރާ ކުރަން ޖިއްދާ އަށް ފުރާވަޑާއިގަންނަވައިފި

އިޒްރޭލުން ގުދުސް އަށް ވެރިވެ ގަނެފައިވާ މައްސަލައިގައި ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލު މިއަދު ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވައިފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި އޮންނަ ބައްދަލުވުމަށް ހަލީލު ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ.

“އަލް ގުދުސް އަލް ޝާރިފް” މައްސަލައިގައި އޮންނަ ފޮރިން މިނިސްޓަރުން ފެންވަރުގެ އޯއައިސީ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމަކީ އޯއައިސީގެ މައި އިދާރާގައި މާދަމާ އޮންނަ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި އިޒްރޭލުން ގުދުސް އަށް ވެރިވެ ގަނެފައިވާ މައްސަލައިގައި ގައުމުތަކުން މަޝްވަރާ ކުރާނެ އެވެ. އަދި ފަލަސްތީނުގެ މުސްލިމުންނަށް ކުރިމަތި ކުރުވާ ފިއްތުންތަކުގެ ވާހަކަ ވެސް މަޝްވަރާ ކުރާނެ އެވެ.

އެގޮތުން ގުދުސްގައިވާ ފަލަސްތީނު މީހުންގެ ބިންތައް ގަދަކަމުން އަތުލާފައިވާ މައްސަލަ އާއި ގުދުސްގައި ޔަހޫދީން އާބާދު ކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން އެތައް ހާސް ފަލަސްތީނު މީހުންގެ ގެތައް ހަލާކުކުރާނެ ކަމުގެ އިންޒާރު ދީފައިވާ މައްސަލައާ މެދު ވެސް މަޝްވަރާ ކުރާނެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!