މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހު ކުރާ ޖަލްސާ ފަސްކޮށްފި

ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހް ކުރުމަށްޓަކައި މިރޭ މ. މުލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މިރޭ ދިއްގަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހުކުރުމުގެ ޖަލްސާ މ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތު ފަހުން ބޭއްވޭނެ ތާރީޚް ވީހާވެސް އަވަހަކަށް އިއުލާންކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!