އާޒިމާގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލީގަލް އެފެއާޒު މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.

އާޒީމާގެ މައްޗަށް ކުރަނީ ރައީސް ޔާމީނާ ގުޅުން ހުރި މައްސަލައެއްގައި ކަމާ ބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށާއި، މަނީ ލޯންޑާ ކުރަން އެހީވެ ދެއްވި ކަމުގެ ދައުވާ އެވެ. އެ މައްސަލާގައި އާޒިމާ އަށް ޗިޓް ހަވާލުކުރަން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އާޒިމާ ރާއްޖޭން ބޭރުގައި އުޅުއްވާތީ އެކަން ވަނީ ނުވެފަ އެވެ. 

މި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް މިހާރު ހަވާލުކޮށްފައިވާއިރު އާޒިމާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ އުފުލާފައިވާ ދައުވާއަކީ ބަޔަކު ގަސްތުގައި ރާވައިގެން އޭނާގެ އަޑު ކަނޑުވާލުމަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!