ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑރިންގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ. އެ ދުވަހު ބޭއްވި ޝަރީއަތް ނިންމާލާފައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށް 10 ދުވަސް ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދުމުން އެ 10 ދުވަސް ދިނުމަށްފަހު އެވެ. 

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެ ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފައެވެ. އަދި ޔާމީން ބަންދުން ދޫކޮށްލަން ކުރި އަމުރާއި އޭނާގެ އެކައުންޓުތައް ފްރީޒުކުރަން ކުރި އަމުރު ހައިކޯޓުން ބާތިލް ކުރުމުން ޕީޖީން ވަނީ އެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.

  1. އަދީބު ޑީލް ހަދާ ދޫކޮއްފަ ޔާމީނު ބޮލަށް ކަނޑާލަން…ތާހިރު ރައްޔިތުން ދަނޭ ތިކުިޅގަނޑު….

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!