މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެ ދޯންޔަކީ ވ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި “ބަރަކާތް” ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏަކަށް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އަދި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:38 ގައި ކަމަށާއި ދޯނީގެ ވެރިފަރާތުން އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ބައެއް ސާމާނު ހަވާލުކުރުމުން ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އެ ދޯންޏައް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނީގެ އިންޖީނު މަރާމާތު ކުރުމަށްފަހު މިރޭ 19:38 ގައި މާލެ އައުމަށް ދަތުރު ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!