ފޮޓޯ؛ ގޫގުލް

މަސްވެރިކަމާއި ގުޅޭ ސިޔާސަތުތައް މިރޭ ރައީސް ސޯލިހް އިޢުލާން ކޮށްދެއްވާނެ

ދިވެހި ކަނޑުތަކުގެ ނަފާ ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މަސްވެރިކަމުގެ ސިޔާސަތުތައް އިޢުލާންކުރެއްވުން މިރޭ އޮންނާނެއެވެ.

މިސިޔާސަތު އިޢުލާން ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ހަފްލާ މ.އަތޮޅު ދިއްގަރުގައި މިރޭ 21:00ގައި އޮންނާނެއެވެ. މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ދިއްގަރަށް ވަޑައިގަންނަވާނީ މިއަދު ހަވީރުއެވެ. 

ސަރުކާރުން ގެންދަވަނީ މަސްވެރިކަމުން ލިބޭ ނަފާ އިރުރުކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.

އެގޮތުން މަސްވެރިންނާއެކު މިދިޔަ ހުކުރު ދުވަހުވަނީ “ޖަޒީރާ ހޮޅުއަށި” ސިލްސިލާގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!