މާފަރު ފަޅާއި ދަކަންދޫގެ ކުއްޔަށް 152046 ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި

ބ. މާފަރު ކިޔާ ފަޅާއި އެފަޅު ކައިރީގައި އޮންނަ ދަކަންދޫ ކިޔާ ފަޅުރަށް ކުއްޔަށް ދޭން އެގްރިކަލްޗަރާއި ގ. ސީވޭވް މުޙައްމަދު ޝާހިދު އާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ ދެއްކުމަށް ޙުކުމް ކޮށްފި އެވެ.

މި މައްސަލާގައި އިއްޔެ ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، ކަނޑައެޅިފައިވާ ތާރީހުގެ ނިޔަލަށް ދައްކަންޖެހޭ ކުއްޔާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 152,046.43 ރުފިޔާ (އެއް ލައްކަ ފަންސާސް ދެ ހާސް ސާޅީސް ހަ ޑޮލަރު ސާޅީސް ތިން ސެންޓު) އަށް މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!