ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ، ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސްޕޯ ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ. 

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އެކްސްޕޯއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ހޮސްޕިޓާލިޓީ ދާއިރާއަށް ބޭނުންވާ އެކި ބާވަތްތަކުގެ ތަކެތި މާކެޓްކުރާ ފަރާތްތަކަށާއި އެދާއިރާގައި މަސައްކަތްކުރާ ކާބޯތަކެތި އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. 

މިއަހަރުގެ އެކްސްޕޯގައި މިދާއިރާގައި ހަރަކާތްތެރިވާ 150 ފަރާތަކުން ބައިވެރިވާއިރު މި އެކްސްޕޯގެ އެންމެ ޚާއްސަ އެއް ބަޔަކީ ޝެފުންގެ ހުނަރު ދައްކާލާ ކަލިނަރީ ޗެލެންޖްއެވެ. 4 ދުވަހަށް ކުރިއަށްދާ މި ޗެލެންޖުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ޝޭފުން ބައިވެރިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!