ފޮޓޯ: ގޫގުލް/ ސަރުކާރުގެ ގިނަ އޮފިސްތަކެއް ހިންގަމުންދާ ވެލާނާގެ

ހަޔާ އެޑިއުކޭޝަންގެ ބައެއް ހިދުމަތްތައް އެސްއެމްއެސް މެދުވެރިކޮށް ލިބޭ ގޮތް ހަދައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެސްއެމްއެސް ހޮޓްލައިނެއް މެދުވެރިކޮށް އެ މިނިސްޓްރީގެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.


ކުރިން އެ މިނިސްޓްރީން ދޭ ހިދުމަތެއްގެ މައުލޫމާތު ސާފުކުރަން ކަމުގައި ވިޔަސް ދާން ޖެހެނީ ވެލާނާގޭގައި ހުންނަ އެ މިނިސްޓްރީގެ ކައުންޓަރަށެވެ. އެހެންވެ އާއްމުންނަށް ފަސޭހައިން ހިދުމަތްތައް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެސްއެމްއެސް ހޮޓްލައިނެއްގެ ގޮތުގައި 7941474 ކަނޑައަޅާފަ އެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ނަމްބަރަށް ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރު، އަދި ބޭނުންވާ ހިދުމަތެއްގެ މައުލޫމާތު ލިޔުމަށް ފަހު އެސްއެމްއެސް ކުރުމުން ބަންދު ނޫން ކޮންމެ ދުވަހަކު ވެސް 24 ގަޑިއިރުތެރޭ ޖަވާބު ލިބޭނެ ކަމަށެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!