ހަރަމައިން ހައްޖު ގްރޫޕުގެ ބަޔާން ފުލުހުން ނަގައިފި

އަލް ހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދިން ވަރަށް ވުރެ ގިނައިން މީހުން އަތުން ފައިސާ ނެގި މައްސަލާގައި އެ ގްރޫޕުގެ ބަޔާން ނަގާފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ.


އެ ގްރޫޕަށް ހުއްދަ ދިނީ 69،965 ރުފިޔާ ހައްޖަށްދާ މީހުން އަތުން ނެގުމަށެވެ. ނަމަވެސް މީހެއްގެ އަތުން ހަރަމައިން ގްރޫޕަށް އިތުރަށް ފައިސާ ނެގި ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް މި މަހުގެ 11 ދުވަހު ވަނީ މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އެ މައްސަލައިގައި އެ ގްރޫޕުގެ އިސްވެރިންގެ ބަޔާން ނަގާފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!