މާލޭގެ 3 ސަރަހައްދެއްގައި ވެންޑިން މެޝިން ބަހައްޓަނީ

މާލޭގެ 3 ސަރަހައްދެއްގައި ވެންޑިން މެޝިން ބަހައްޓައިދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިއުލާން ކޮށްފި އެވެ.


އެ އިއުލާނެއްގައި ބުނެފައިވަނީ ވެންޑިން މެޝިން ބަހައްޓަނީ މާލޭ ބަސް ޓާމިނަލް އާއި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް އަދި މާލޭގައި ހުންނަ ޕޯޓްސް ބިލްޑިންގުގައި ކަމަށެވެ.


މި ކަމަށްއެދި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ މި އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!