ފޮޓޯ: ގޫގުލް

ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި 21 ހަރަކާތެއް ހިންގަން ނިންމައިފި

ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި 21 ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.


ދެކުނު ކޮރެއާ އާއި ސްވިޓްޒެލެންޑު، ޖަރުމަނާއި އޮސްޓްރޭލިއާ އަދި ފްރާންސާއި އިޓާލީގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކަށް ހާއްސަކޮށް ތައިލެންޑުގައި ހާއްސަ ރޯޑްޝޯ އެއް ބާއްވަން ހަމަޖެހިފައި ވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓްރެވެލް ފެއާތައް ވެސް ބާއްވަން ނިންމާފައި ވެއެވެ.

މި ގައުމުތަކުގެ އިތުރުން ރަޝިއާ، ޖަޕާނު، ޗައިނާ، އިނގިރޭސިވިލާތް އަދި އެމެރިކާގައި ވެސް އެ ރޯޑްޝޯގެ ހަރަކާތް ބާއްވަން ހަމަޖެހިފައި ވެއެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ވަނީ މި އަހަރުގެ މިހާތަނަށް 20 ހަރަކާތެއް ހިންގާފަ އެވެ. ކުރިއަށް ހުރި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ހަރަކާތަކީ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!