ތުޅާދޫ ދަރިވަރުންނަށް ކައުންސެލިން ދެނީ

ބ.އަތޮޅު ތުޅާދޫ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ސްކޫލްގެ ދަރިވަރިވަރުންގެ ތެރެއިން ހޭނެތިގެން ސްކޫލްގެ ތެރެއަށް ވެއްޓޭ ކުދިންނަށް ކައުންސިލިން ދޭން ފަށައިފިއެވެ.

އެ ސްކޫލުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންތަކެއް ސްކޫލު ތެރޭގައި ހޭނެތި، ހަށިގަނޑަށް ބާރުގަނޑެއް އަރައި ގޮތްތަކެއް ވާތީ އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ރަށަށް ގޮސްފަ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ވެސް އެ ރަށު ސްކޫލުގެ ދަރިވަރުންނަށް އެ މައްސަލަ ކުރިމަތިވާ ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.

ތުޅާދޫ ސްކޫލްގެ ދަރިވަރުންނަށް ދިމާވަމުންދާ ކަންތައްތައް ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ރަށަށް ގޮސްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އެކަން ދިމާވަނީ ތިން ކުއްޖަކަށް ކަމަށާއި އެ ކުދިނގޭގައި ބައިތިއްބައިގެން ކައުންސެލިން ދިނުމުގެ މަސައްކަތް އެޑިއުކޭޝަންގެ ޓީމުން ކުރަމުން އަންނަ ކަމަށެވެ.

“ސްކޫލަށް އައިމާ އެ ކުދިންނަށް އެގޮތްތަކެއް އެވަނީ. އެހެންވެ މި ތިން ދުވަހު އެ ކުދިން ސްކޫލަކަށް ނުގެންގޮސް ކައުންސެލިންނާއި ގައިޑެންސް ދިނުމުގެ މަސައްކަތް މި ކުރަނީ،” އަހުމަދު ވިދާޅުވި އެވެ.

އެ ކުދިންނަށް ކައުންސެލިން ދެނީ އެޑިއުކޭޝަންގެ ޓީމުންނެވެ. އަހުމަދު ވިދާޅުވިގޮތުގައި އެ ޓީމުގައި އެފަދަ ކަންކަމަށް ހާއްސަ ކުރެވިފައިވާ މީހުން ތިބެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!