ދަރިވަރުންގެ ކިޔެވުން މަޑު ޖެހިފައިވާތީ، ޕައިލެޓްކަން ކިޔަވަމުން އައި ދަރިވަރުން ބޭރަށް ފޮނުވަނީ

ރާއްޖޭގައި ޕައިލެޓް ލައިސަންސް ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން މަޑު ޖެހިފައިވާތީ، އާއި އެ ދަރިވަރުން ކޯސް ނުނިމި ދިގު ދެމިގެންދާތީ ބަކީ ބައި ފުރިހަމަ ކުރަން އެ ދަރިވަރުން ބޭރަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.


ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އައްޑޫ ސީޓީގެ ގަމުގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އޮރޮނޮޓިކްސްއިން ހިންގާ ޕައިލެޓް ލައިސަންސް ކޯސް ކިޔަވާ ދަރިވަރުންނަކީ ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި ލޯނުގެ ދަށުން ކިޔަވާ ދަރިވަރުން ކަމަށެވެ.

އަދި ރާއްޖޭގައި ކިޔަވަން ދޫކުރާ ލޯނުން ބޭރަށް ކިޔެވުމުގެ ކަންކަން ހަމަޖައްސައިދިނުމުގެ އުސޫލެއް ނޯންނަ ކަމަށެވެ. 


ނަމަވެސް ކޯސް ކުރިއަށް ގެންދަން ދިމާވެފައިވާ މައިގަނޑު ދަތިތަކަކީ، ދަރިވަރުންގެ އިހްތިޔާރުން ބޭރުގައިވާ ކަންކަމަށް ވުމުން އެ ދަރިވަރުންގެ ކިޔެވުން ރާއްޖެއަށް ބޭރަށް ހަމަޖައްސައިދިނުމަށް މަސައްކަތް މިނިސްޓްރީން ކުރާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!