ނޯރާގެ އޯ ސާކީ ސާކީ ލަވައަށް އެތައް ބައެއްގެ ސަމާލުކަން

މިދިޔަ އަހަރު ރިލީޒް ކުރި “ދިލްބަރު” ލަވަ އަށް ފަހު ނޯރާ ފަތޭހީގެ އަޑު ބޮލީވުޑްގައި ވަނީ ގަދަކޮށްލާފަ އެވެ. އެ ލަވައަށްފަހު އިތުރު ލަވަ އެއްގެ އިންތިޒާރުގައި ތިއްބާ ނޯރާ ދެންވެސް ދައްކާލީ ރީމޭކް އަކުންނެވެ.

ނޯރާގެ އާ ލަވަ އިއްޔެ ނެރެފައި ވާއިރު އެ ލަވަ އަކީ، 2004 ވަނަ އަހަރު ނެރުނު ފިލްމު “މުސާފިރް”ގައި ހިމެނޭ “އޯ ސާކީ ސާކީ”ގެ ރީމޭކް އެކެވެ. ނޭހާ ކައްކަރު، ތުލްސީ ކުމާރު އަދި ބީ ޕްރާކުގެ ހިތްގައިމު އަޑުން އެ ލަވަ ކިޔާފައިވާއިރު ލަވަ ރިލީޒްކުރިތާ 24 ގަޑިއިރުތެރޭ އެ ލަވައަށް ވަނީ 16 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.

މި ލަވަ އަކީ ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމު “ބަޓްލާ ހައުސް”ގެ ތީމް ލަވަ އެވެ. މި ލަވަވެސް އުފައްދާފައި ވަނީ ނޯރާ މަޝްހޫރުވި “ދިލްބަރް”ގެ ޓީމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!