އެލިއާ އިން ކަނޑު އުޅަނދު ފަހަރުގެ ނެވިންނާއި ފަޅުވެރިންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި

އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް އިސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން، ކަނޑު އުޅަނދު ފަހަރުގެ ނެވިންނާއި ފަޅުވެރިންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ނޭޝަނަލް އާޓްގެލަރީގެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ އިލެކްޓްރިކް އެންޑް މެރިޓައިމް އިންޖިނިއަރިން (އީއެމްއީ) ގެ ކޮމާންޑަރު ކާނަލް ހުސެއިން ޝާހިދެވެ.

އެލިއާ އިން ބުނި ގޮތުގައި ބޯޓު އޮޕަރޭޓަރުންނަށް އެ ކުންފުނިން ހިންގާ ތަމްރީންތަކުގެ ސިލްސިލާގެ ހަ ވަނަ ބުރުގައި 40 އަށް ވުރެ ގިނަ ކެޕްޓަނުންނާއި ފަޅުވެރިން ބައިވެރިވެފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!