އެއާޕޯޓް މުވައްޒަފުންގެ އުޅަނދު ޕާކު ކުރަން 873 ޖާގަ ހުޅުވާލައިފި

އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އުޅަނދު ފަހަރު ޕާކު ކުރަން ހުޅުމާލެ ހައިވޭއިން ވަދެވޭ ގޮތަށް އާ ޕާކިން ޒޯނެއް ހަދައިފި އެވެ.

އެމްއޭސީއެލް އިން ބުނީ 4،250 އަކަމީޓަރުގެ ސަރަހައްދެއްގައި ހަދައި ހުޅުވި މި ޕާކިން ޒޯނުގައި 862 ސައިކަލް އާއި އެހެނިހެން 11 އުޅަނދެއް ޕާކު ކުރެވޭނެ ކަމަށެވެ. މިއީ އެމްއޭސީއެލް އިން އެއާޕޯޓުގައި ހެދި ދެވަނަ ޕާކިން ޒޯން އެވެ. ކުރިން ޕާކިން ޒޯން ހަދާފައިވަނީ ބްރިޖު ހުޅުވުމާ ގުޅިގެންނެވެ.

މި ފަހަރު ހެދި ޕާކިން ޒޯންގެ ސަބަބުން އެއާޕޯޓް ޓަވަރާއި ފަޔާ ސާވިސަސް އަދި ސީޕްލޭން އޭރިއާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަ ވެގެންދާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!