ބީއެމްއެލްގެ ބޯޑަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާނެ ޑިރެކްޓަރުންގެ ނަންތައް އާއްމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާނެ ޑިރެކްޓަރުންގެ ނަންތައް އާއްމުކޮށްފި އެވެ.

ބީއެމްއެލްގް ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރަން ހުށަހަޅާނެ 7 ނަމަކީ

1. ޓިމޮތީ ސޯޔާ- ބޭންކްގެ ސީއީއޯ

2. މުޙައްމަދު ޝަރީފް، މ. އިފާއު، މާލެ

3. ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ، މާލެ

4. ޘަނާ މަންސޫރު، މއ. މަނަސް، މާލެ

5. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ

6. ޙައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ

7. ޙުސައިން ތައުފީޤު އަލީ، މ. މުއިރި، މާލެ

މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަ ޖެހިފައިވާ ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ހަތް ބޭފުޅުންގެ ނަމާއި އާއްމު ހިއްސާދާރުންގެ ފަރާތުން ތިއްބަވާނެ ތިން ޑިރެކްޓަރުންގެ ނަންތައް ހުށަހަޅާނެ އެވެ. އެގޮތުން އާންމު ހިއްސާ ދާރުންގެ ފަރާތުން ޑިރެކްޓަރ ކަމަށް ކުރިމަތި ލެއްވީ 3 ފަރާތަކީ

1. ޙައްމަދު ޢަބްދުއްސައްތާރު، މއ. ޓިއުލިޕްވިލާ، މާލެ

2. މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ

3. އަހްމަދު މުޙައްމަދު، ގ.އުފާ، މާލެ

ބީއެމްއެލްގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ތެރެއިން ކުރިމަތިލެއްވީ މިހާރު ވެސް އެ ބޯޑުގައި ތިއްބެވި ބޭފުޅުންނެވެ. އާއްމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތިއްބަވާ ބޭފުޅުންނަށް ރުހުން ދޭނީ ސިއްރު ވޯޓަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!