ލޭބާ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލް އަބްދުﷲ ހަސީން އެ ޕާޓީން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ (ލޭބާ ޕާޓީ) އުފެއްދުމުގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލް އަބްދުﷲ ހަސީން އެ ޕާޓީން އިސްތިއުފާ ދެއްވައިފި އެވެ.


ހަސީނަކީ ލޭބާ ޕާޓީ އުފެއްދެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެވެ. 

ހަސީންގެ އިސްތިއުފާ ސިޓީގައި އޭނާ ވިދާޅުވީ ލޭބާ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މަގާމުން އަދި މެމްބަރުކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ސަބަބު އަދި ހާމަކޮށްފައި ނުވިޔަސް، އެކަން ފަހުން ސާފުކޮށްދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހަސީން އެމްޑީޕީން ވަކިވެ ލޭބާ ޕާޓީ އުފެއްދެވީ 2018 ވަނަ އަހަރު އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!