ގައުމީ އެޕްރެންޓިސްޝިޕް ފްރޮގްރާމް ލޯންޗުކޮށްފި

ހުނަރުވެރި ބަޔަކަށް ޒުވާނުން ހެދުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓިވެޓް އޮތޮރިޓީ ގުޅިގެން ހިންގާ ގައުމީ އެޕްރެންޓިސްޝިޕް ޕޮރްގްރާމް އިފްތިތާހުކޮށްފި އެވެ.


ކަސްޓަމް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ ޓެކްނެލޮޖީ މިނިސްޓަރު މަލީހު ޖަމީލް އެވެ.

އެ ރަސްމިއްޔާތުގައި މަލީހު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ފުޅާވަމުން އަންނައިރު ވަޒީފާ ނުލިބޭ ކަމުގެ ޝަކުވާ ވެސް ބޮޑު ކަމަށާއި ބައެއް ޒުވާނުންނަކީ ވަޒީފާތަކަށް ދާން ބޭނުންވާ ބައެއް ނޫން ކަމަށެވެ. އެހެންވިޔަސް، އަމިއްލަ މަސައްކަތެއް ކޮށްގެން ވިޔަސް ގައުމުގެ ތަރައްގީގައި ޒުވާނުން ބައިވެރިވާން ޖެހޭ ކަން މަލީހު ފާހަގަކުރެއްވި އެވެ.

އެ ޕްރޮގްރާމުގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލު މިންގަނޑުގެ ތަފާތު އެކި ދާއިރާތަކުން 1000 ދަރިވަރުން ތަމްރީނު ކުރާނެ އެވެ. އެ ތަމްރީނުތައް ދޭނީ ސަރުކާރުގެ ކުންފުނިތަކުންނާއި ރިސޯޓް ތަކުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!