ޓްރެއިނިން ކޭމްޕައަށް ދިޔަ ޓީސީ ކްލަބުގެ ކުޅުންތެރިން އުމްރާގެ އަޅުކަން ފުރިހަމަކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޯދައިދިން ޓްރެއިނިން ކޭމްޕެއްގައި ސައުދީ އަރަބިއާ އަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން އިއްޔެ އުމްރާގެ އަޅުކަން ފުރިހަމަކޮށްފި އެވެ.

ޓީސީގެ މި ދަތުރަކީ ކްލަބް ލައިސަންސިން ކަންތަކުގައި މި އަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރުމުގެ ފުރުސަތު އެޓީމަށް ގެއްލުމުން އޭގެ ބަދަލުގައި އެފްއޭއެމް އިން ހޯދައިދިން ފުރުސަތެކެވެ. މި ޓްރެއިނިން ކޭމްޕް މާޒިޔާ އިން ފުރިހަމަ ކުރީ ޖޫން މަހުގެ ކުރީކޮޅެވެ. ޓީސީ އަށް އެދުވަސްވަރު ކޭމްޕުގައި ނުދެވުނީ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗާއި ލީގު ހުޅުވުމާ ދެމެދު އެވަރަށް ދުވަސް ނުލިބުމުންނެވެ.

ޓީސީގެ ކުޅުންތެރިން މިއަދު އުމްރާގެ އަޅުކަން ފުރިހަމަ ކުރިއިރު މިދިޔަ ޖޫން މަހު ސައުދީ އަށް ދިޔަ ޓްރެއިނިން ކޭމްޕުގައި މާޒިޔާގެ ޓީމު ވެސް ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފަ އެވެ. މި ފުރުސަތަކީ ވެސް އެފްއޭއެމް އިން އެ ކްލަބަށް ފަހިކޮށްދިން ފުރުސަތެކެވެ. މި ދެޓީމުގެ އިތުރުން މިދިޔަ މާޗް މަހު ސައުދީގައި އޮތް 23 އަހަރުން ދަށުގެ އޭއެފްސީ ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ފަހު ޒުވާން ގައުމީ ޓީމު ވެސް ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!