އެފްއެސްއެމްގެ ޕަމްޕް ސްޓޭޝަނެއް ހުޅުމާލޭގައި ހުޅުވައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕަމްޕް ސްޓޭޝަނެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.


މިއަދު ހެނދުނު އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕަންޕް ސްޓޭޝަން ހުޅުވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ.

“މިއަދު މި ހުޅުވުނު ޕަންޕް ސްޓޭޝަން އިން ރައްކާތެރި ފުރިހަމަ ހިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން،” މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕަންޕް ސްޓޭޝަންގެ ސަބަބުން މަސްވެރިންނަށް ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، އެހެންކަމުން މިއަދަކީ ހުރިހާ މަސްވެރިންނަށް ވެސް ހާއްސަ ދުވަހެއް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ މިއަދު ހުޅުވި ޕަންޕް ސްޓޭޝަނަކީ އެ ކުންފުނީގެ ހިދުމަތަށް އިތުރުވި މުހިންމު ބޮޅެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!