އިންޑޮނީޝިޔާގެ ބާލީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިޔާގެ ބާލީއަށް 6.1 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.

އެގައުމުގެ ގަޑިން ހެނދުނު 8:00 ގައި އައި މިބިންހެލުމުގެ ސަބަބުން ފަތުރުވެރިންނާއި ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިން އަބަދުވެސް ޒިޔާރަތްކުރާ ހިތްގައިމު މަންޒިލަކަށް ބާލީ ވެފައިވާއިރު މިދުވަސްކޮޅަކީވެސް ފަތުރުވެރިން އެ ރަށުގައި ގިނަ ދުވަސްވަރެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބިންހެލުން އައުމާއެކު ހޮޓެލްތަކުން ފަތުރުވެރިން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ނަމަވެސް މިބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ ބިރެއް އަދި ނެތް ކަމަށް ހަވާއީއަށް ނިސްބަތްވާ މޫސުމާ ބެހޭ އިދާރާއަކުން ވަނީ ހާމަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!