ބްރީތްލައިފް ކެމްޕޭން ރާއްޖޭގައި މިއަދު އިފްތިތާހު

ބްރީތްލައިފް ކެމްޕޭން ރާއްޖޭގައި އިފްތިތާހު ކުރުމުގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ވައިނުސާފުވުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތައް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ތައްޔާރުކުރެވިފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އިފްތިތާޙް ކުރުމާއި ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާ (ޑަބް.ލިޔު.އެޗް.އޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށެވެ.

މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް އަދި ޑަބްލިޔު. އެޗް.އޯ ގެ ރީޖަނަލް ޑިރެކްޓަރ ފޯރ ސައުތު އީސްޓް އޭސިއާ ޑރ. ޕޫނަމް ކެތްރަޕަލް ސިންގް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުން ދިރުއުޅޭ ރަށްތަކަކީ ޞިއްހަތަށް ގެއްލުންހުރި ވިހަ މާއްދާތަކުގެ ސަބަބުން ތަޣައްޔަރުވެފައި ނުވާ ތަންތަން ކަމުގައި ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކުން އަހައްމިއްޔަތުކަން ދޭންޖެހޭކަން ފާހަގަ ކުރެއްވިއެވެ.

އަދި މިފަދަ ކޮންމެ މަސައްކަތަކީ އެތަނެއްގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން މެނުވީ ނުކުރެވޭނެ ކަމެއްކަން ފާހަގަކޮށް އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް މިކަމުގައި ޝާމިލުވެ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!