މަޑިވަރު އެއާޕޯޓް މި އަހަރު ހުޅުވާނެ

ޅ.މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީ ކުރާ އެއާޕޯޓް މި އަހަރު ހުޅުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޒުބެއިރު ވިދާޅުވީ މަޑިވަރު އެއާޕޯޓް މި އަހަރު ހުޅުވާނެ ކަމަށާއި އެ އެއާޕޯޓްގައި މިހާރު ކުރަމުން ގެންދަނީ ރަންވޭގެ މަސައްކަތް ކަމަށެވެ.

މަޑިވަރު އެއާޕޯޓަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓެކެވެ.

ސިޓީ ހޮޓަލާއެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލު ކޮށްފައި ވަނީ 29 މެއި 2018 ގަ އެވެ. 

ކްރައުން އެންޑް ޗަމްޕާ ކުންފުނިން ހުޅުވި ޅ. ހުރަވަޅި ރިސޯޓުގެ މޫދު އަޑީގައި ރެސްޓޯރެންޓުގައި އެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ އެއާޕޯޓު ތަަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ގައުމީ ވިސްނުމެއްގައި ކަމަށެވެ. އަދި މިއީ މުސްތަގުބަލަށް ދަރިންގެ ދަރިންނަށް ބަލާއިރު ފައިދާ ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ.

“މި މަސައްކަތުގެ ސަބަބުން މި ސަރަހައްދުގެ މީހުންނަށް ވަޒީފާތައް އިތުރުވެ، ފެސިލިޓީސްތައް އިތުރު ވެގެންދާނެ،” ޅ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ މުހައްމަދު މޫސާ ވިދާޅުވި އެވެ.

ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އެ ކުންފުނިން ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!