ފޮޓޯ؛ ގޫގުލް

ހުޅުމާލޭގައި އިތުރު ސްކޫލެއް ޢިމާރާތްކުރަނީ

ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމަށް ނިންމާ، އެ ސްކޫލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ހުޅުމާލޭގައި އައު ސްކޫލްއެއް ޑިޒައިންކޮށް، ކުރެހުމާއި ބީ.އޯ.ކިއު އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާކަމަށެވެ.

އަދި މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 25 ވަނަ ދުވަހު އޮންނާނެކަމަށާއި، ބިޑް ހުޅުވުން އޮންނަނީ އޯގަސްޓްމަހުގެ 1 ވަނަ ދުވަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. 

ހުޅުމާލޭގައި މިހާރުވެސް ސަރުކާރުގެ ތިން ސްކޫލެއް އަންނަނީ ހިންގަމުންނެވެ. އެއީ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން މި އަހަރު ހުޅުވި ހުރަވީ ސްކޫލެވެ. މި ތިން ސްކޫލުގެ އިތުރުން އިންޓަރނޭޝަނަލް ސްކޫލަކާއި، ޕްރީ-ސްކޫލެއް ވެސް ހުޅުމާލޭގައި އަންނަނީ ހިންގަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!