ރާޅާ އަޅަން އުޅުނު ދެމީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ހދ. މަކުނުދޫގައި ރާޅާ އަޅަން އުޅުނު ދެމީހަކު މާކަނޑަށް އޮޔާ ދާކަމަށް މައުލޫމާތު ލިބިގެން އެދެމީހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިއަދު ހދ. މަކުނުދޫގައި ރާޅާ އަޅަން އުޅުނު ދެމީހަކު މާކަނޑަށް އޮޔާ ދާކަމަށް މައުލޫމާތު ލިބިގެން ފުލުހުންނާއި އާންމުން ގުޅިގެން ޑިންގީއެއްގައި ގޮސް އެދެމީހުންވަނީ ސަލާމަތް ކޮށްދީފައި ކަމަށެވެ.

އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޮއިގަދަ ދުވަސްވަރު މޫދަށް އެރި ނޫޅުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!