ދެ ފަނޑިޔާރެއްގެ މައްސަލަ ނުބެލުމަށް ޖޭއެސްސީން ނިންމައިފި

ދެ ފަނޑިޔާރެއްގެ މައްސަލަ ނުބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރުންނާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ބަލާނެ ތަނެއް އޮތް ކަމަށް ނުފެންނާތީ އެ ދެ މައްސަލަ ނުބެލުމަށް ނިންމާފައެވެ.

ނަމަވެސް ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެ ދެ މައްސަލައަކީ ކޮބައިކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ ކޮން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެއް ކަމެއް ވެސް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ދެ މައްސަލައެއް ވެސް އެ ކޮމިޝަނުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!