ގާޒީ މަހާޒުގެ 2015 ވަނަ އަހަރުގެ ސުލޫކީ މައްސަލައެއް އަލުން ރިވިއު ކުރަނީ

ޑްރަގް ކޯޓު ގާޒީ މަހާޒު އަލީ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް 2015 ވަނަ އަހަރު ނިންމި ނިންމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރިވިއުކުރުމަށް ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ ގާޒީ މަހާޒުގެ ފަރާތުން އެކަމަށް އެދިފައިވާތީއެވެ. އެގޮތުން އެ މައްސަލަ އަލުން ރިވިއު ކުރުމަށް ކޮމިޓީ އެއް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ އެކުލަވާލާފައެވެ.

މަހާޒުގެ މައްސަލަ ރިވިއުކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަންގެ މެމްބަރު، ރައީސް މުހައްމަދު ނަޝީދާއި މެމްބަރު ހިސާން ހުސައިން އާއި މެމްބަރު ޑރ. އަލީ ޝަމީމް އަދި މެމްބަރު އިބްރާހިމް ރިފްއަތެވެ.

މަހާޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީން ކަނޑައެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނިކޮށް ޖިނާއީ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަހާޒު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވި ލިޔުމަކާ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!