ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާތީ ސަމާލުވާން ފުލުހުން އެދިއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރުކުރަމުންދާތީ، މިކަމަށް ކުރީބައިގައި ފިޔަވަޅު އެޅުމަަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ދެކުނުގެ ބައެއް ރަށްތަކުން މައުލޫމާތު ދޭގޮތުގައި މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދުގެ ބައެއް ރަށްތަކަށް އުދަ އަރަމުން ދެއެވެ. އަދި މިކަން ކަމާއި ބެހޭ ފަރާތްތަކަށް އަންގަމުންދާކަމަށް އެ ރަށްތަކުން މައުލޫމާތުދެ އެވެ.

މިހާތަނަށް އުދައިގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިވަނީ އައްޑޫސިޓީ، އދ. ފެންފުއްޓާއި، ގދ. ފަރެސްމާތޮޑާއާއި، ރަތަފަންދުއާއި، ހޯނޑެއްދުއާއި، މަޑަވެއްޔާއި، ވާދުއާއި، ފިޔޯރީއާއި، ނަޑެއްލައާއި، ފ. ނިލަންދޫއާއި، ތ. ގާދިއްފުއްޓާއި، ދިޔަމިގިއްޔާއި، ލ. މާވަށަށްކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މައުލޫމާތުދެއެވެ.

މިރަށްތަކަށް އުދަ އަރަމުންދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް ރަށަކުން ގެއަށް ފެންވަދެ މުދަލަށް ގެއްލުންވަމުންދާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެއެވެ. ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، އެތަންތަނަަށް ފަސް އެޅުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތުމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ހުދު އިންޒާރުވެސް ނެރެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!