ފޮޓޯ: ވަންއޮންލައިން

ޓެކްސީ މީޓަރު އެޕްލިކޭޝަން ހެދުމަށް 5 ކުންފުންޏަކުން އެދިފައިވޭ

ޓެކްސީ މީޓަރު އެޕްލިކޭޝަންގެ ޚިދުމަތް ދިނުމަށް 5 ފަރާތަކުން އެދިފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ނޫސްވެރީންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސްކޮންފަރެންސުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ އެޕްލިކޭޝަން ހެދުމަށް ހުޅުވާލުމުން 21 ފަރާތަކުން މައުލޫމާތު ސާފުކުރިކަމަށެވެ. އަދި 5 ފަރާތަކުން ޚިދުމަތް ދިނުމަށް އެދިފައިވާއިރު މިީގެތެރެއިން 3 ކުންފުންޏަކީ ރާއްޖެއިން ބޭރުގެ ކުންފުނިތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“5 ކުންފުނީގެ ތެރެއިން 2 ކުންފުންޏަކީ ރާއްޖޭ ކުންފުނި. އަނެއް ތިން ކުންފުންޏަކީ ލަންކާ ތިން ކުފުނި. އެއް ކުންފުންޏަށް ދިނުމުގެ ވިސްނުމެއް ނެތް. ބޭނުންވަނީ ކުންފުނިތައް އިތުރުކޮށް، ވާދަވެރިކަން އިތުރުކުކޮށް ޚިދުމަތް ރަނގަޅުކުރުން.” މިނިސްޓަރ ނަހްލާ ވިދާޅުވިއެވެ.

ޓެކްސީ މީޓަރު އެޕްލިކޭޝަން ތައްޔާރު ކުރަނީ ސީދާ ރާއްޖެއަށް އަމާޒުކޮށްކަމަށާއި މި މަސް ނިމުމުގެ ކުރިން ހުރިހާ ކަމެއް ފައިނަލްކޮށް އެއްބަސްވުމުގައި ވެސް ސޮއި ކުރާނެކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި މި ހިދުމަތް ދިނުމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތަށް ހަވާލުކުރައްވާނެ ކަމަށާއި އެހެން ހައްދަވަނީ ވާދަވެރިން އުފައްދަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓެކްސީ ދަތުރުތަކުގެ އަގަކީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ މައްސަލައެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!