ޑރ.ޝަހީމާއި ޝައިހް އިލްޔާސާއި ދެމެދު އޮތް ނުތަނަވަސްކަމަށް ނިމުމެއް

ޝައިހު އިލްޔާސް ހުސައިން އާއި ކުރީގެ މިނިސްޓަރު އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ދެ ބޭފުޅުން ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަމަށް ނިމުން ގެނެސް ދެބޭފުޅުން ސުލްހަވެއްޖެއެވެ.

ޝަހީމު މިއަދު ވިދާޅުވީ އިލްޔާސްއާ އޭނާއާ ދެމެދު ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަ ކަމަށާއި ގުޅުން ކެނޑިފައި ގާތް ގަނޑަކަށް ހަތަރު އަހަރު ވަންދެން އޮތް ކަމަށެވެ.

“ޤައުމަށް އެންމެ ރަނގަޅު ގޮތަކީ އިސްލާމީ ޢިލްމުވެރިން ޚިޔާލު ތަފާތުވުން ކުޑަކުރުން ކަމުގައި ފެންނާތީއާއި ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮ މީހަކީ ސަލާމަތްތެރި ހިތަކާއިގެން އައި މީހެއްކަމުގައި ވާތީއާއި ސިޔާސީ ގުޅުންތަކަށް ވުރެ އިސްލާމީ އުޚުއްވަތްތެރިކަމުގެ މަތިވެރިކަން ﷲ ގެ ޙަޟްރަތުގައި ބޮޑުކަމަށްޓަކައްޔާއި މުސްތަޤުބަލުގައި ރާއްޖެއަށް ވެސް އެންމެ ހެޔޮ ގޮތަކީ އިސްލާމީ ޢިލްމުވެރިންގެ ސަފުތައް އެއްބައިވަންތަކޮށްގެން ކަމުގައި ދެކޭތީވެ ޝައިޚު އިލްޔާސްއާއި އަޅުގަނޑާ އޮތް ޒަމާންވީ އިސްލާމީ ގުޅުން އިޢާދަކުރަން އަޅުގަނޑު ނިންމީމެވެ.” ޝަހީމްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

“ޝައިޚު އިލްޔާސްއާ އަޅުގަނޑާ އޮތް ގުޅުމަކީ ދުވަސްވީ ގުޅުމެއް. އެއިގެ ތެރެއިން ޢަދާލަތު ޕާޓީ އުފެއްދުމުގެ ޙަރަކާތުގެ ތެރެއިން އިތުރަށް ގާތްކަން އުފެދިގެން ދިޔަ. ޝައިޚު އިލްޔާސަކީ އިސްލާމީ ދަޢުވަތުގެ ކަންކަމުގައި އަޅުގަނޑާއެކު އެންމެ ގާތުން މަސައްކަތްކުރެއްވި ބޭފުޅެއް” ޝަހީމު ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ އެ ދެ ބޭފުޅުންގެ އަޚުވަންތަކަން އިޢާދަވުމާއި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ހަތަރު ވަރަކަށް އަހަރަށް ފަހު ވަރަށް ފަހުން ބައްދަލުވެ، އަދި އެކި ކަންކަމާ އިލްޔާސާ މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.

  1. ވަރަށް އުފާވެރި ޚަބަރެއް. އެކަމަކު ޝެއިޚް އިލްޔާސް ސިޔާސީގޮތުން ދައްކަވާފައިއެބަހުރި ޢިލްމުވެރިއަކު ޢިލްމީގޮތުން ދައްކަން އެހާ ކަމުދނުދާ ވާހަކަވެސް. އޭގެ ތެރޭގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއަކީ ” ދުޢާލިބިވަޑައިގެންފައިވާ” ބޭފުޅެއްކަމަށް ވިދާޅުވުން ހިމެނެއެވެ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!