ފޮޓޯ އަވަސް

ލައިސަންސާ ގުޅޭ ޚިދުމަތްތައް އޮންލައިންކޮށް ދޭން ފަށަނީ

ޓްރާންސްޕޯޓް އޮތޯރިޓީ އިން ދޭ ބައެއް ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އެ މިނިސްޓްރީ އިން ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސެންސާ ގުޅޭ ހިދުމަތްތަކާއި އަދި ޕޯޓް ޑިއުސް އަދި ލެޓް ޑިއުސްގެ ހިދުމަތްތައްވެސް އޮންލައިން ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ މި ވަގުތުގައި ދޫކުރާ ނަންބަރުތައް ހުސްވަންދެން ހިދުމަތް ދޭމުން އަންނާނެކަމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިންދޭ ހިދުމަތްތަކަށް ބަދަލު ގެނެސް އެ އޮތޯރިޓީއިން ނަންބަރު ދޫކުރާ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން މިހާރު ކޮންމެ ދުވަހަކުވެސް 8:00 އިން 11:00 އަށް ނަންބަރު ދޫކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!