ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރަކު ވަކިކޮށްފި

ފެނަކައިގެ އައްޑޫ ސިޓީ ހިތަދޫ އޮފީހުގެ ޑިރެކްޓަރަކު ވަޒީފާ އިން ވަކިކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ އޮފީހުން ވަޒީފާ އިން ވަކިކޮށްފައިވަނީ މުހައްމަދު ނަސީރެވެ. ފެނަކަ އިން ނަސީރު އަށް ފޮނުވާފައިވާ ލިޔުމުގައި ވަޒީފާ އިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ފެނަކަ މުވައްޒަފުންގެ ގަވާއިދު 2015 ގެ 34.7 މާއްދާގެ (ހ) 1 ވަނަ ނަމްބަރު އަދި 15 ވަނަ ނަމްބަރުގެ ދަށުން މުވައްޒަފުގެ މަގާމުގެ އިހުތިޔާރު، ނާޖާއިޒު ގޮތެއްގައި ތިމާއަށް ނުވަތަ އެހެން ފަރާތެއްގެ ފައިދާ އަށް ނުވަތަ މަސްލަހަތަށް ބޭނުން ކުރުން ނުވަތަ ކުރަން އުޅުނުކަން ކުންފުނީގެ އިދާރީ ތަހުގީގަށް ސާބިތުވެފައިވާތީ ކަމަށެވެ.

ނަސީރު ފެނަކައިގެ ޑިރެކްޓަރެއްގެ މަގާމު އަދާކުރަމުން އަންނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!