ޝައިމް ގެއްލުނު މައްސަލައިގެ ޒިންމާ މުޅި ދައުލަތުން ނަގަންޖެހޭ: ޝިދާތާ

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު އުމުރުން 14 އަަހަރުގެ ޝައިމް އަބްދުﷲ ގެ މައްސަލައިގެ ޒިންމާ މުޅި ދައުލަތުން ނަގަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެމްބަރު މިނިސްޓަރާ ކުރެއްވި ސުވާލަކީ އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައިކަމާއި އަދި ޒިންމާ ވާން ޖެހޭ ފަރާތްތަކާ ފިޔަވަޅު އަޅާފައިވާނެ ތޯއެވެ.

“އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޖެންޑާ މިނިސްޓްރީ އަކީ މުހިންމު ދައުރެއް މިކަމުގައި ޒިންމާ ނަގަން ޖެހޭ މުއްސަސާއެއް. ހަމައެއާއެކު އަޅުގަނޑު ގަބޫލުކުރަނީ މުޅި ދައުލަތުން މިކަމުގައި ޒިންމާ ނަގަން ޖެހޭނެ ކަމަށް.” މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި ބަހައްޓާފައި ހުއްޓައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ޝައިމް ގެއްލުނުއިރު، ޝިދާތާ ވިދާޅުވީ ޝައިމް ނެތްކަން ފާހަގަކުރެވުމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ހިއުމަން ރިސޯސެސް ކޮމިޓީއާ ހަވާލުކުރެވި އެ މައްސަލަ ބެލުމަށް އަންގާފައިވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!