ޖޭއެސްސީގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އިއުލާން ކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.

އެ މަގާމަށް ކުރިމަތިލުމަށް މި ހުޅުވާލީ އާންމުގެތެރެއިން ކަނޑައަޅާފައިވާ އަބްދުލް ހަންނާން އަހްމަދުގެ ދައުރު ހަމަވާތީ އެވެ.

މަޖިލީހުން ކުރި އިއުލާނުގައި ވަނީ، އާންމުންގެ ތެރެއިން ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކުގެ މަގާމަށް ކުރިމަތިލާން އޭދޭ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާ އެކު މަޖިލީހުގެ އިދާރާ އަށް ހުށަހެޅުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!