ޕީއެސްއެމް ފޮޓޯ

ހެންވޭރު ހުރިހައި މަގެއްގައި ލެޑްލައިޓް ހަރުކޮށްފި

މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި އާދައިގެ ބޮކިތައް ލެޑު ބޮތްކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރުގެ ހުރިހައި މަގެއްހައި ލެޑް ބޮކި ހަރުކޮށްފިއެވެ.

މަގުތަކުގައި ހުރި މަގުބައްތިތަކުގެ ބޮކިތައް ލެޑް ބޮތްކަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހެންވޭރުގެ މަގުތަކުގައި ލެޑް ބޮކި ހަރުކޮށް ނިމުނުކަން މިމަސައްކަތްކުރާ ފަރާތުން ހާމަކޮށްފައިވާއިރު، އެއްވެސް މަގެއްގައި ލެޑް ބޮކި ހަރުކޮށްފައި ނެތްނަމަ މާލޭ ސިޓީކައުންސިލްއަށް އެކަން އެންގުމަށް އެކައުންސިލުން އެދެއެވެ.

މާލެ ސިޓީގެ މަގުތަކުގައި ލެޑް ބޮކިތައް ހަރުކުރުމަށް، ފަށާފައިވާ މަޝްރޫއުއަކީ ހަކަތަ އެފިޝަންޓް ކުރުން ނުވަތަ ސަމަކާރަ ކުރުމާއި އިޢާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މިހާރު ކުރިޔަށް ދަނީ ގަލޮޅުގެ މަގުތަކުގައި ލެޑް ބޮކި ހަރުކުރުމުގެ މަސައްކަތެވެ. އަދި އަންނަ މަހުގެ ނިޔަލަށް ގަލޮޅާއި މައްޗަންގޮޅީގައި ބޮކި ހަރުކޮށް ނިންމާލެވޭނެކަމަށްވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!