ބާ ކައުންސިލު އިންތިހާބު ކާމިޔާބު ކުރެއްވި މައުމޫނަށް ސުއޫދު މަރުހަބާ ދަންވައިފި

އިއްޔެ ކުރިއަށް ދިޔަ ބާ ކައުންސިލް އިންތިހާބުގެ ރައީސް ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދާ ވާދަކުރައްވައިގެން ކުރި ހޯއްދެވި ގާނޫނީ ވަކީލު މައުމޫން ހަމީދަށް ސުއޫދު މަރުހަބާ ދަންނަވައިފި އެވެ.


ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މައުމޫނަށް މަރުހަބާ ދަންނަވާ ކަމަށާއި ދިވެހި ގާނޫނީ ވަކީލުންގެ އުއްމީދުތަކާ އެއް ގޮތަށް ގާނޫނީ ފަންނު ކުރިއަށް ގެންދިޔުމުގައި މައުމޫނު ހަމީދަށް ކުރިއެރުން ލިބުމަށް އެދޭ ކަމަށެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސްކަމަށް މައުމޫން އިންތިހާބުކޮށްފައި ވާއިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. 

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމުގައި ތިއްބަވާނީ އެޓާނީ ޖެނެރަލާއި، ވޯޓުން ހޮވާ ރައީސަކާއި، ނައިބު ރައީސަކާއި، 6 މެމްބަރުންނެވެ. އެ ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!