މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި, އެކެއްގެ މޫނުމަތި ޒަހަމްވެ، އަނެކަކުގެ ބޯ ފަޅައިގެން ހިނގައްޖެ

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މިރޭ 1:15 އެހާކަންހާއިރު މި ނުރައްކާތެރި އެކްސިޑެންޓް ހިނގީ މަޖިދީމަގުން ޒިކުރާ މިސްކިތް ކައިރީގައެވެ. ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށްވެސް އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންނެެވެ.


 މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެއްްސަކަށާއި ބިދޭސީއަކަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދިވެއްސަކީ ޕީއެސްއެމް ނިއުސްގެ ވީޑިއޯ ޓެކްނީޝަނެއް ކަމަށްވާ މުޙައްމަދު ސުހާނެވެ. އޭނާގެ ބޮލަށާއި ކަނދުރާގެ އިތުރުން މޫނަށާއި އަތަށްވެސް އަނިޔާވެފައިވެއެވެ. އޭނާއަށް އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގެ ކްރިޓިކަލް ކެއަރގައި ފަރުވާ ދިނުމަށްފަހު، މިހާރުވަނީ އިތުުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާގެ މޫނަށް ވަނީ ވަރަށްބޮޑަށް އަނިޔާވެފައެވެ. އޭނާއަށްވެސް ދަނީ އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!