އަމިއްލަ ސަބަބަކާހުރެ ޒިދާން ޕްރެކްޓިސް މެދުކަނޑާލައިފި

އަމިއްލަ ސަބަބާހުރެ ކޯޗު ޒައިނުއްދީން ޒިދާން ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުން ވަކިވެއްޖެ އެވެ.

ނަމަވެސް މިއީ ކޮން ސަބަބެއް ކަމެއް ރެއާލް މެޑްރިޑުން ނުބުނެ އެވެ.

އެކުލަބުން ބުނީ ޒިދާން އެނބުރި އަންނަދެން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ އޭނާގެ އެސިސްޓެންޓް ޑޭވިޑް ބެޓޮނީ ކަމަށެވެ.

ރެއާލްގެ ކޯޗުކަމާ ޒިދާން އަލުން ހަވާލުވީ ނިމިދިޔަ ސީޒަނުގެ ފަހުކޮޅު މާޗް މަހު އެވެ. އެއީ އޭގެ ކުރީގެ ސީޒަނަށް ފަހު އޭނާ ކޯޗުކަމުން ވަކިކުރުމަށް ފަހު ޓީމު ހަވާލުކުރި ދެ ކޯޗުންނަށް ވެސް ކާމިޔާބު ހޯދައިނުދެވުމުންނެވެ.

ރެއާލް މެޑްރިޑުން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ޒިދާން ބޭނުންވާ ގިނަ ކުޅުންތެރިންތަކެއް ޓީީމަށް ގެނެސްފަ އެވެ.

  1. ޙަބަރު ލިޔާ މީހާ އެހާ ދިރާސާ ނުކުރާކަން ފާހަގަވޭ..ކުލަބުން ބުނެފަ އެބައިން ޒިދާނުގެ ބޭބެ މަރުވި ވާހަކަ

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!